ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުުހުން މައުލޫމާތު ދިން ގޮތުގައި ނައްތާލާފައި ވަނީ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރެވެ. މި ތަކެތި ނައްތާލީ އިއްޔެ ކަމަށާއި މި ތަކެއްޗަކީ 2023 އިން މި އަހަރުގެ މިހާތަނަށް ދާލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިތަކެތި ނައްތާލާފައިވަނީ  ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި ތަކެތި ނައްތާލީ އެކަމަށް ހާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ދުވަސް ދުވަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި ނައްތާލާފައިވެއެވެ.

Leave a Reply