ވައިގެ މަގުން އެތެރެކުރަން އުޅުނު 1.8މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަތުލައިގަތީ 941ގްރާމްގެ މެތައެމްފެޓަމިން ކަމަށެވެ.

އަދި އެތަކެތީގެ މަގުމަތީގެ އަގު 1.8މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

މެތައެމްފެޓަމިންއަކީ ޕާޓީ ޑްރަގްސްގެ ގޮތުގައި ކެޓަގަރައިޒްކޮށްފައިވާ ބާވަތުގެ ޑްރަގެކެވެ. އަދި ފަހަކަށް އައިސް އެފަދަ ޕާޓީ ޑްރަގު އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ.

މި ބާވަތުގެ ޑްރަގަކީ މީހާ މޮޔަކޮށްލާފަދަ ބާރުގަދަ ޑްރަގެއްވެސްމެެއެވެ.

Leave a Reply