
ކިލޯއެއްހާ މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ އެދުރުގ،ެ ގއ. ވިލިނގިލި، މުހައްމަދު ފައުޒާން(35އ.)އެވެ.
އެ މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ ފައުޒާން ބެލުމުގެ ދަށުގައި ހުރި މީހަކު ދިރިއުޅޭތަނަކުންނެވެ. އަދި އެތަނުގައި އުޅޭ ފަރާތަކީ މިތަކެތި ޑެލިވަރީ ކުރާ މީހެއްކަމަށް ބުނެފައިވާކަމަށް އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ބަންދު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުން
- މިތަނުން މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ތަކެތި ފެނިފައިވޭ
- އެތަނުގައި ހުރި ދަބަހެއްގެ ތަޅު ފައުޒާންގެ އަތުގައި އޮތް ތަޅުދަނޑިއަކުން ހުޅުވުނު
- ނަމަވެސް މަސްތުވާތަކެތި ފެނިފައިވާތަނަކީ މީނާ އާ ގުޅުމެއްއޮތްތަނެއް ނޫންކަމަށާއ،ި އެތަނުން ފެނުނު ދަބަހުގައި އިން ތަޅަކީ އާދައިގެ ތަޅެއްކަމަށާއ،ި އެތަޅު ކޮންމެ ތަޅުދަނޑިއަކުންވެސް ހުޅުވިދާނެކަމަށް ދިފާޢީވަކީލު ބުނެފައިވޭ.
މަސްތުވާތަކެތި ފެނުނު ތަނުގައި ދިރިއުޅޭ މީހާގެ މައުލޫމާތެއް ބަންދު އަމުރުތަކުގައި ހާމައެއް ނުކުރެއެވެ. އަދި އެ މައްސަލައިގައި އެ މީހާ ހައްޔަރުކުރިކަމެއް ވެސް ސާފެއްނުވެއެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































