Kulhudhuffushi

ކުޅުދުއްފުށި ސިޓީގައި މިއަދު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ކުޅުދުއްފުށީ/ބަނޑިފަސްގަނޑުގެ، ސުލައިމާން ހުސެއިން(58އ.) އެވެ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ.

ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު ތިނެއް ޖެހިއިރު ކުޅުދުއްފުށީގެ ‘ބޮޑަވަކި އަތިރި’ ސަރަހައްދު މޫދު އަޑިން އޭނާ ފެނިފައިވާ ކަމަށެވެ.

އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ވެސް އެެ ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Leave a Reply