
ހއ. ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް، 50 ދުވަހުގެ ތެރޭގައި 112 ހެކްޓަރު ބިން ހިންކާ ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަޝްރޫޢުގެ އެންމެ ފަހުގެ ތަފާސް ހިސާބު ބަޔާންކުރައްވައިފައެވެ.
HA. Dhidhoo reclamation completed.
Details of project:
Dredger Arrival : 03rd January 2026
Reclamation started: 04th January 2026
Reclamation Completed: 23rd February 2026
Total duration: 50 Days
Total Hectares: 112Ha
Total Volume: 5,492,089.00 cbm pic.twitter.com/gUECROcxw1— Dr Mohamed Muizzu (@MMuizzu) February 23, 2026
މި މަޝްރޫޢުއަށް ބޭނުންވާ ޑްރެޖަރު އެ ރަށަށް ގޮސްފައި ވަނީ 3 ޖެނުއަރީ 2026ގައި ކަމަށާއި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 4 ޖެނުއަރީގައި ފަށައި، މުޅި މަޝްރޫއު ނިންމާލައިފައި ވަނީ 23 ފެބުރުއަރީ 2026ގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހއ.އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ބިން ހިއްކާ އިތުރު ކުރެވުނު ސަރަހައްދުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































