މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކަޅުބިލަމަސް ގަންނަ އަގު 21ރުފިޔާ އަށް ބޮޑުކޮށްފިއެވެ.

ދައުލަތުގެ މީޑީޔާ ޕީއެސްއެމް އަށް މައުލޫމާތު ދިން ގޮތުގައި ކަޅުބިލަމަސް ގަންނަ އަގަށް ބަދަލު ގެނެސްފައި ވަނީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައިގެން ކަމަށާއި މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަޅުބިލަ މަސް ގަންނަ އަގުތަކަށް ގެނައި ބަދަލާ އެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޭއެފްސީ ޖެޓީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އޭއެފްސީ ޖެޓީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އެފްއެފްސީ ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި- 29އަދި ކޭއޭއެލް 401ބޯޓުން މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21ރުފިޔާގެ ރޭޓުން ކަމަށް ވެސް މިފްކޯ އިން ބުނެފައިވެއެވެ.

މި އަހަރުގެ ޖޫން 14ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00ރުފިޔާގެ ރޭޓުގައެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply