ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދު އަހުލާގީ އަމަލު ހިންގި މީހުން އަދި ދެނެނުގަނެވޭ ކަމަަށް ފުލުހުން ބުނެފިއެވެ.

ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވީ އިއްުޔެއެވެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު ފުލުހުން ދިޔައީ އެ މައްސަލަ ބަލަމުންނެވެ.

އެ މައްސަލައާ ގުޅޭ ގޮތުން “ދެން”އިން ސުވާލުކުރުމުން ފުލުހުން ބުނީ ބަދު އަހުލާގީ އަމަލު ހިންގި މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފްލެޓުގެ ވެރިފަރާތާ އެކަމާ ގުޅޭ ގޮތުން ސުވާލު ވެސް ކޮށްފައިވާ ކަމަށެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން އެ އަމަލު ހިންގާފައި ވަނީ ދުވާލުގެ ވަގުތުގައެވެ. މީގެ ކުރިން ވެސް ހިޔާ ފްލެޓުގެ ބެލްކަނިތަކުގައި ބަދު އަހުލާގީ ހިންގުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

Leave a Reply