ހުސްވެފައިވާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

އެ މަގާމަށް މިއަދު އައްޔަނުކުރެއްވީ ޝުޢައިބު ޔޫސުފްއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝުއައިބުވަނީ  ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ވެސް ކުރައްވައިފައެވެ.

ޝުޢައިބު ޔޫސުފަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލީ ރަޝީދު ހުސައިންއެވެ.

އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުއައިބު ޔޫސުފާ ހަވާލުކުރައްވާފައެވެ.

ޝުއައިބު ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވައިފައެވެ.

Leave a Reply