
ހިމަބިހި ޖެހުނު ޒުވާނަކު ނިޔާވީ ހިމަބިހިންތޯ އިތުރަށް ޔަގީންކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އިއްޔެ ނިޔާވީ ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ގދ.ފިޔޯރީ ޑްރީމީ ލައިޓް އިބްރާހިމް ދިޔާޝް ރަޝީދެވެ. އެނގިފައިވާ ގޮތުގައި ދިޔާޝް މި ބައްޔަށް ޕޮސިޓިވް ވެފައި ވަނީ ނިމުނު މަހުގައެވެ. އަދި އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންގެންދަނިކޮށެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ދިޔާޝް ނިޔާވުމާއި ހިމަބިހި އާ އެއްވެސް ގުޅުމެއް ހުރިތޯ ބެލުމަށް ކަނޑައެޅިފައިވާ ކްލިނިކަލް އަދި އެޕިޑެމިއޮލޮޖިކަލް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޗް.ޕީ.އޭ އިން ތަހުގީގު ކުރަމުންދާނެ ކަމަށެވެ. އަދި މި ތަހުގީގު ނިމުމުން މީޑިޔާތަކާއި ހިއްސާ ކުރަމުން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 23 ވޭދަނަ ފެނިފައިވާއިރު މިހާތަނަށް ޖުމްލަ 144 ވޭދަނަ ރިޕޯޓުކޮށްފައިވެއެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































