
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން އަލީ އާރިފް އިސްތިއުފާ ދެއްވީ މިއަދުއެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.
މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމަށް އަލީ އާރިފް އައްޔަނުކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް މުހިންމު ދާއިރާތަކުންނާއި އަދި ރިފަރަންޑަމް ވޯޓުން ނާކާމިޔާބުވި ފަހުން ގިނަ އަދަދެއްގެ ކުންފުނިތަކުގެ ވެރިން ދަނީ އިސްތިއުފާ ދެމުންނެވެ. އަދި ބައެއް ވެރިން ވަކި ވެސް ކޮށްފައިވެއެވެ.
ނަމަވެސް އަލީ އާރިފް ނޫނީ ސިޔާސީ ގޮތުން ސަރުކާރުގައި ތިބި ބޭފުޅަކު އަދި އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































