
އިމިގްރޭޝަންގެ އޮފީސް ހިންގަން 14،000އެއްހާ އަކަފޫޓުގެ އިމާރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިމިގްރޭޝަންއަށް ހޯދަމުން ދަނީ 13,600 އާއި 14,000 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް ކަމަށެވެ. އެއީ ފަސް އަހަރު ދުވަހަށް ކަމަށް ވެސް ބުންޏެވެ.
އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 10 އަކަަށް ހަމަވާނެއެވެ.
މިނިސްޓްރީގެ އިއުލާންގައި ބުނެފައިވާ ގޮތުން ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 205،500 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
އިމިގްރޭޝަންގެ އެކި ޑިޕާޓްމަންޓްތައް މިހާރު ހިންގަމުންދަނީ މާލޭގެ އެކި ސަރަަހައްދުތަކުގައެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































