
ފައިސާތަކެއް ވަގަށް ނަަގައި މުދަލަށް ގެއްލުން ދިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ބަބޫލް (26އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ބަބޫލު ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގައިފައެވެ. އަދި އޭގެ ތެރެއިން ބައެއް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އޭނާ ބަންދުން ދޫކޮށްލައިފިނިމަ ފިލާފާނެކަމަށް ބެލ؛ެވޭތީ ބަންދުގެ މުއްދަތު ޖެހީ ކަމަށް ވެސް ބުނެފައިވެއެވެ.
ބަބޫލްއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުން ދިން ބަޔާނާއި ފުލުހެއްގެ ހެކިބަހާއި ތަހުގީގީ ބަޔާން ހިމެނެއެވެ.
އަދި ޝަރީއަތުގެ މަޖިލީހުގައި މިއީ ހިނގާފައިވާ ކަމެއް ކަމަށް ބަބޫލް ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































