
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޖަމާލް އަބޫބަކުރު (ޢަޒީ)ގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަޒީގެ ނަން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ހުށަހަޅާފައިވަނީ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު ހަމަވާތީއެވެ. އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން އަޒީގެ ނަން ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި އަޒީގެ ނަން ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
އަޒީ މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އަދި އޭނާ އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައްޔަން ކުރެއްވި ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އެ މަގާމުގައި ފަސް އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ދައުރު ހަމަވެގެން އޭނާ މަގާމުން ވަކިވެވަޑައިގަތީ 22 ޖުލައި 2019 ގައެވެ.
މީގެ އިތުރުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމުގެ އިތުރުން ވެހި ބަހުގެ އެކަޑަމީގައި ގިނަ ހިދުމަތްތަކެއް ކުރައްވައި، ދިވެހި ބަހާ ބެހޭ ބައެއް ފޮތްތައް ލިޔުއްވާފައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































