ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އިތުރުކޮށްފައިވާތީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ޓޫރިސްޓުން އަންނަ އަދަދު އިތުރު ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރީޖަނަލް އެއާޕޯޓްސްތަކުގެ ތެރެއިން މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ގަން އެއާޕޯޓަށް 4,220ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިސްޓުން އައި ރީޖަނަލް އެއާޕޯޓުތައް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް – 3,755ފަތުރުވެރިން (0.3%)
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް- 2,451ފަތުރުވެރިން (0.2%)
ވިލާ އިންޓަނޭޝަނަލް އެއާޕޯޓް (މާމިގިލި)- 2,005ފަތުރުވެރިން (0.2%)
ދާލު އެއާޕޯޓް – 902ފަތުރުވެރިން (0.1%)

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރީޖަނަލް އެއާޕޯޓްތަކުގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ތިންވަނައިގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮތްއިރު، އެއާޕޯޓްތަކުގެ ތެރެއިން އެންމެ މަދުން ފަތުރުވެރިން ރާއްޖެ އެތެރެވީ ދާލު އެއާޕޯޓުންނެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,109,003ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން ވައިގެ މަގުން 1,093,426ފަތުރުވެރިން އައިސްފައިވާއިރު، މައި ހަބް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް 1,080,093ފަތުރުވެރިން (97.4އިންސައްތަ)ވަނީ އެތެރެވެފައެވެ.

Leave a Reply