ގިނަ ކުށްވެރިންތަކެއް ދޫކޮށްލުމުގެ އަސަރު ކުރާނީ ދެން އަންނަ ސަރުކާރަކަށް ކަމަށާއި އެކަން އެގޮތަށް ވަން މި ސަރުކާރުން ނޭދޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް މާފު ދިނުމާއި ނުދިނުމަކީ ވެސް ކާމިޔާބީއެއް ނޫން ކަމަށެވެ.

އަދި މި ސަރުކާރުން މަސައްކަތްކުރަމުންދަނީ ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ނަގައި އޮންނަ އުސޫލުގެ ތެރެއިން އެ މީހުން ރިހެބިލިޓޭޓްކޮށް އިންނަ މުއްދަތުގެ ތެރޭގައި މުޖުތަމައުއަށް ނެރުން ކަމަށެވެ.

“މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ބަލަން ޖެހޭ ކަންކަމަށް ނުބަލައި އެކަން ކުރީމަ ވާގަޮތަކީ ޖަލުގައި އޭނާ ހޭދަކުރަން ޖެހޭ މުއްދަތުގައި އެކަން ނުކޮށް ރިހެބިލިޓޭޓް ޕްރޮގްރާމްތަކުގައި ބައިވެރިނުކޮށް ހަމަ ކުއްލިއަކަށް 25އަހަރުގެ މީހަކު ދެ ދުވަހަށް ހުކުމް ބަދަލުކޮށްލާފަ ނެރެލަނީ. އެކަން މި ސަރުކާރުން ހުއްޓާލި ސަބަބަކީ އެއީ މުޖުތަމައުއަށް ގެއްލުން ނުދޭން ވެގެން” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެގޮތަށް މީހުން ދޫކޮށްލުމުގެ އަސަރު ދެން އަންނަ ސަރުކާރަކުން ކޮންމެ ފަހަރަކުވެސް ތަހައްމަލުކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރިީ ސަރުކާރުން ދޫކޮށްލި 400 ކުށްވެރިންގެ މައްސަލަ ވެސް ރަނގަޅު ނުވާ ކަމަށާއި އަދި އޭގެ ތެރެއިން އެންމެން ރަނގަޅު ވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply