މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު، އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމެއްނެތި ހާދިސާ ހިނގި ސަރަހައްދުން ފިލިކަމަށް ތުހުމަތުކުރެވޭ މީހާ، މައްސަލައިގެ ތަހުގީގަށް އަމިއްލަ އިހުތިޔާރުގައި ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވެއްޖެއެވެ.

މި ނުރައްކާތެރި ހާދިސާގައި އަނިޔާވި ފަރާތަށް އަޅާލުމެއް ނުދީ ދިޔަ ފިރިހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން އެ އިދާރާއިން މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ. އެފަދަ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި، ހާއްސަކޮށް ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓްތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ދަނީ މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ޕެޓްރޯލްކުރުން ފުޅާކުރަމުންނެވެ.

Leave a Reply