ކުޑަކުއްޖަކު ގުރޫމްކޮށް، އެކްސްޕްލޮއިޓްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފާތިމަތު ރީމާ، 35،އެވެ.

ފުލުހުން ބުނީ ރީމާ ހައްޔަރުކޮށްފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ގްރޫމްކޮށް، ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ރީމާ ބަންދުގައި ބަހައްޓަން ދީފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

Leave a Reply