ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އަނިޔާކޮށްގެން ކުޅުދުއްފުށި ކައުންސިލްގެ ކުރީގެ މެމްބަރު ޝައުފާ އިބްރާހިމް ހިލްމީ ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން “ދެން”އިން ސުވާލުކުރުމަށް ފުލުހުން ބުނީ އަޕާ ނޯތު ޕޮލިސް ހިމެނޭ ރަށެއްގެ ނުކުޅެދުންތެރިކަން ހުންނަ ނުވަ އަހަރުގެ ދަރިފުޅަށް އަނިޔާކުރި މައްސަލައާ ގުޅިގެން 30 އަހަރުގެ އަންހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

“ދެން” އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ޝައުފާ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Leave a Reply