އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް (65އ)ގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ ރޭ ފަތިހު އެވެ. އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.

ފުލުހުން މިއަދު ބުނީ އެ މަރާ ގުޅޭ ތަހުލީލުތައް ހެދުމަށް މިއަދު ހަވީރު އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ

އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަބްދުއްރަހުމާނުގެ މަރުގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވާން ފަށައި ރަށަށް އަރައިފައިބާ މީހުން މޮނިޓާކުރަން ވަނީ ފަށައިފަ އެވެ.

Leave a Reply