މި އަހަރު ރާއްޖޭން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރީން އަތުވެއްޖެ އެވެ.

ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހެވެ. އަދި ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ގެނެވުނު އަހަރެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ހައްޖުވެރިން މުޅިން އަލަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދަތުރުކުރިއިރު، މިނާ އަދި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މަތިކޮށްފަ އެވެ.

ހައްޖުން އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކްލިނިކުތަކެއް ހުޅުވައިފި

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކްލިނިކުތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވާފައިވެ އެވެ.

Leave a Reply