
ނެޓް މީޓަރިންގެ ގަވައިދު އިސްލާހުކުރަން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.
ދެހާސް ފަނަރަވަނަ އަހަރު އިފްތިތާހުކުރި ނެޓް މީޓަރިން ގަވާއިދުގެ ދަށުން އިއާދަކުރަނިވި ހަކަތައިން އަމިއްލައަށް ހަކަތަ އުފެއްދުމަށް އިންވެސްޓް ކުރެވެއެވެ. އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓް ބޭނުންވާ ބައެއް އުފެއްދުމުން ފެށިގެން ފުރިހަމައަށް ކަރަންޓް އުފެއްދުމުގެ ފެންވަރު ކޮންސިއުމަރުންނަށް ނިންމޭއިރު، އެ ގަވާއިދުގެ ދަށުން ބޭނުން ނުކުރާ ކަރަންޓް ލޯކަލް ސާވިސް ޕްރޮވައިޑަރުގެ ކަރަންޓް ގްރިޑަށް ވެސް ފޯރުކޮށްދެވެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ގަވައިދު އިސްލާހުކުރުމުގެ ކުރިން ދެލިކޮޕީ ފައިނަލް ކުރުމުގެ ކުރިން، އެކަމުގައި ޝާމިލްވާ ދާއިރާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހާއްސަ ބައްދަލުވުމެއް މީރުމާ ހޯލްގައި ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ޔުޓިލިޓީ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަމިއްލަ ސެކްޓަރުގައި މަސައްކަތްކުރާ ކުންފުނިތަކުން ބައިވެރިވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މި ގަވާއިދު ތަންފީޒު ކުރުމުގައި ދިމާވެދާނެ ޢަމަލީ އަދި ފަންނީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގަވާއިދު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލުންކަމަށް މިނިސްޓްރީން ބުންޏެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































