ސްނޯކްލިންގަށް ގޮސް އުޅުނު ފަތުރުވެރިޔަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު، މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ “ލޯންޗް 54” އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އަދި ފަތުރުވެރިޔާ ފެނިފައި ވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށެވެ.

ފުލުހުން ވަނީ އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާ އެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައި ކަމަށާއި އެ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Leave a Reply