މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކުކުރުމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި އަޅާ ފުރަތަމަ ޕާކިން އިމާރާތުން ބިންގާ މިއަދު އަޅައިފިއެވެ.

މި ޕާކިން އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގުޅިގެން ޕީއެސްއައިޕީ އުސޫކުން، ހިންގާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި މަޝްރޫއުއަކީ 2އަހަރުތެރޭގައި ތަރައްގީ ކުރާ 13ބުރީގެ އިމާރާތެކެވެ. މި އިމާރާތަކީ 4ފުރޮޅުލީ 800އަށްވުރެ ގިނަ އުޅަނދާއި، 500އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭ ޖާގައިގެ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ތަނެކެވެ.

ހުޅުމާލޭގައި ޖުމްލަ 7މިފަދަ ޕާކިން އިމާރާތްތައް އަޅަން ސަރުކާރުން ވަނީ ނިންމައިފައެވެ. ބާކީ އޮތް 6އިމާރާތުގެ މަސައްކަތްވެސް ހަވާލުކުރާތީ ދިވެހި ކުންފުނިތަކާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Leave a Reply