ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ކަނޑަށް ގެއްލުނު 2 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލާފައިވަނީ “ބަލްމާ-6” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓުގައި ދަތުރުކުރި 4 މީހުންގެ ތެރެއިން 2 މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފްއިން މީގެ އިރުކޮޅެއް ކުރިން ބުނީ ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެތަނުން އެކެއްގެ ހަށިގަނޑު އެ ރިސޯޓު ކައިރިން ފެނިފައިވާ ކަމަށެވެ. ފެނިފައިވަނީ ދިވެހި ފިރިހެނެއްގެ ހަށިގަނޑެވެ.

ދެން ގެއްލިފައިވަނީ އެ ބޯޓުން ދަތުރުކުރި ބިދޭސީ މީހެކެވެ. އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެ ބޯޓު ބަންޑުން ޖަހާލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

Leave a Reply