ގި ބަޔަކު މޫދަށް އެރޭ ރަސްފަންނު މޫދުން ޕެން ކްލޭމްސް ނުވަތަ ތޫނު އިތާތަކެއް ފެނެއްޖެއެވެ.

އެ ސަރަހައްދުގައި ތޫނު އިތާތަކެއް ވަޅުލެވިފައި ހުރިކަން ފާހަގަވެގެން އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، އަލީ މުސްތަފާއެވެ.

މުސަތަފާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ރަސްފަންނު މޫދުގައި ފީނަނިކޮށް، އިތާތަކެއް ވަޅުލެވިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭނާ ވަނީ އިތާތައް ހުރި ސަރަހައްދުވެސް ފާހަގަކޮށްފައެވެ. އެގޮތުން ފަޔަށް ގެއްލުންވެދާނެފަދަ އެ އިތާތައް ވަޅުލެވިފައި ހުރީ ރަސްފަންނުގައި ހުންނަ ޕެވިލިއަންއާ ދިމާލުން އެއްގަނޑު ތޮށިގަނޑާ ހަމައަށެވެ.

މުސަތަފާ ވިދާޅުވީ ޕެވިލިއަން ކައިރީ އެ އެއްޗެހި ހުރީ މޫދު އަޑިން، ކުޑަ ތަންކޮޅެއް ވެލިގަނޑު މައްޗަށް އަރާފައި ކަމަށާއި، އިތާތަކަށް ފައިން އެރިއްޖެނަމަ ފައި ހަލާކުވުންފަދަ ކަމެއް ވެދާނެ ކަމަށެވެ.

“ހިކިފައި އޮންނައިރު ވަރަށް ގިނަ ބަޔަކު މިތަނުން ހިނގައި އުޅޭނެ. އެހެންވީމައި ހުސްފަޔާ އުޅޭނަމަ، ތަންކޮޅެއް ސަމާލުވޭ،” މުސްތަފާގެ ޕޯސްޓުގައިވެއެވެ.

އެ ސަރަހައްދަކީ މޫދު ކަސްރަތު ކްލާސްތައްވެސް ހިންގާ ސަރަހައްދެކެވެ. އަދި ކުޑަކުދިންނާއި ދުވަސްވީ މީހުންވެސް މޫދަށް އެރޭ ސަރަހައްދެއް ކަމުން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

Leave a Reply