މަރުވެފައި އޮއްވާ ،ރ. ކިނޮޅަހު ބޭރު ކަނޑުމަތިން ފެނުނީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ރ. ކިނޮޅަހު ބޭރުން 2026 ޖެނުއަރީ 04ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން 2025 ޑިސެމްބަރު 21ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ 2025 ޑިސެމްބަރު 17ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ވެސް ވަނީ ޔަގީންކުރެވިފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Leave a Reply