
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީއަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް މެންބަރު އަނެއް މެންބަރާ އެކީގައި ކުރިއަށްދާން ދަތިތަކެއް އެބަހުރިއެވެ. ނަމަވެސް ޕާޓީ ބައިބައި ނުވާނެހެން އެންމެން އެއްކޮށް ތިބެގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރުން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣަފޫރު އެފަދައިން ވިދާޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް ނަޝީދު އެކްސްގައ ޣަފޫރުއަށް މަރުހަބާ ކިއުއްވައި ވަނީ ޕާޓީގެ އެއްބައިވަންތަކަން އޮބަހެއްޓެވުމަށް ގޮވާލައްވައިފަ އެވެ.
MDP ge Vaguthee chairperson MP Abdul Ghafoor ah marhaba. Party ge unity obahattavaa, kuriah mioh local council inthikhaabuga kaamiyaabah vaasilu vaan kuranjehey masahkathuga alhugandu ge hurihaa ehbaarulumeh libeyne.
— Mohamed Nasheed (@MohamedNasheed) December 9, 2025
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީއަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވި އިރު މިއީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު އެމްޑީޕީން ވާދަކުރާ ފުރަތަމަ ބޮޑު އިންތިހާބެވެ.
މީގެ ކުރިން މިދިޔަ އަހަރު އެމްޑީޕީން މަޖިލިސް އިންތިހާބަށް ނުކުތްއިރު ރައީސް ނަޝީދު ހުންނެވީ އެމްޑީޕީން ވަކިވެ އުފެއްދެވި ޑިމޮކްރެޓްަސް ޕާޓީގަ އެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވެސް ޑިމޮކްރެޓްސްއަށް ވެސް ބޮޑު ތަނުން އޮތީ ނާކާމިޔާބުވެފަ އެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































