އަފްގާނިސްތާނުގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ މަޒާރޭޝަރީފަށް ރޭދަންވަރު އައި ބާރުގަދަ ބިންހެލުމެއްގައި 20މީހުން މަރުވެ 300އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސްލައްކައެއްހައި މީހުން ދިރިއުޅޭ މި ސިޓީއަށް ،އަފްގާނިސްތާނު ގަޑިން ރޭ ދަންވަރު 1ޖެހިކަންހާއިރު އައި މި ބިންހެލުމަކީ 6.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

ސަލާމަތީކަންކަމާ ގުޅޭ އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި އަނިޔާ ލިބުނު މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެން ދާނެއެވެ.

އަފްގާނިސްތާން ތާރީޚްގައި ވެސް އައި އެންމެ ނުރައްކާތެރި ބިންހެލުން ރެކޯޑްކުރެވިފައި ވަނީ މިދިޔަ 2023ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ.އެ ބިންހެލުމުގައި 2400 މީހުން މަރުވެ، އެތައް ހާސް ބަޔަކަށް އަނިޔާ ލިބިފައި ވެއެވެ. އަދި ބައެއް އަވަށްތައް އެކީއެކަށް ބިމާ ހަމަވެފައި ވެއެވެ.

Leave a Reply