އިންޑިއާއިން އަފްގާނިސްތާނުގައި އަލުން އެ ގައުމުގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި އެވެ.

އިންޑިއާއިން އަފްގާނިސްތާނުގައި ހިންގަމުން އައި އެމްބަސީ ބަންދުކުރީ 2021 ވަނަ އަހަރު ތަލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އަލުން އައުމާއާއެކު އެ ގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށް ބުނެއެވެ.

ނަމަވެސް  އިންސާނީ އެހީ ދިނުމަށް ކަމަށް ބުނެ އިންޑިއާއިން ޓެކްނިކަލް މިޝަންއެއް އަފްގާނިސްތާނުގައި 2022 ވަނަ އަހަރު ހުޅުވި އެވެ. އަދި މިފަހުން  ހީނަރުވެފައިވާ ދެގައުމުގެ ގުޅުން ބަދަހިވާންފަށާފައިވަނިކޮށް މިއަދު ވަނީ އިންޑިއާގެ އެމްބަސީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަލުން ހުޅުވައިފަ އެވެ.

އެމްބަސީ ހުޅުވުމަށް ފަހު އިންޑިއާގެ އެމްބެސެޑަރެއްގެ ގޮތުގައި ހަަމަޖެއްސީ ކަރަން ޔާދޭވް އެވެ.

އިންޑިއާގެ އެމްބަސީއެއް އަފްގާނިސްތާނުގައި ހުޅުވި ނަމަވެސް އިންޑިއާއިން ރަސްމީކޮށް ތަލިބާން ސަރުކާރު އަދިވެސް ބަލައެއް ނުގަނެ އެވެ.

އިންޑިއާގެ އެމްބަސީއެއް އަފްގާނިސްތާނުގައި ހުޅުވި ދަނޑިވަޅު އިންޑިއާގެ ޒަމާންވީ ދުޝްމަން ޕާކިސްތާނާ އަފްގާނިސްތާނާ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި މިފަހުން ވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް އަފްގާނިސްތާނާ ޕާކިސްތާނާ ދެމެދު އޮތީ ބަދަލުވެސްކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ ހަމަލާތައް މެދުކަނޑާލައިފަ އެވެ.

އަފްގާނިސްތާނާ ޕާކިސްތާނުގެ ގުޅުން ގޯސްވި އިރު އިންޑިއާއިން ތާއިދުކޮށްފައި ވަނީ އަފާގާނިސްތާނަށެެވެ.

އެމެރިކާއިން އަފްގާނިސްތާން އިސްތިއުމާރުކޮށްގެން އޮތް ދުވަސްވަރު އިންޑިއާއިން ވަނީ އަފްގާނިސްތާނުގައި އިންފްރާސްޓްރަކްޗާއާ އަދި އެހެނިގެން ބޮޑެތި މަޝްރޫއުތަކެއް ހިންގާފައި ވެއެވެ.

Leave a Reply