މާލޭ އިމާރާތެއްގެ ބައިތަކެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެޑިއުކޭޝަން ޑިވޮލޮޕްމެންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތަށާއި ޕާކުކޮށްފައި ހުރި ދެ ސައިކަލަކާއި ދެ ކާރަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 1 ޖެހިހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply