ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފި އެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައި ޒަކާތު ހައުސްއިން ބުނި އޮންލައިންކޮށް އެ ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ްައަދި އެ ފޯމް ހުށަހަޅައިގެން ދަފްތަރުގައި ރަޖިސްޓްރީވުމަށް ޒަކާތު ހައުސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން މި ސަރުކާރުން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ޒަކާތު ފައިސާއިން ދަނީ ފަގީރުންނަށާއި އަދި ބޭސްފަރުވާގެ ކަންކަން ދަތިވެފައިވާ މީހުންނަށް ވެސް އެހީ ދެމުން ނެވެ.

މި ވެރިކަމުގައި މުދަލު ޒަކާތް ވެސް ދައްކާ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައިވާ އިރު މިދިޔަ އަހަރު ބޮލަކަށް މުދަލު ޒަކާތް ޖެހުނު އަދަދު ވަނީ 5000 ރުފިޔާއަށް ވެސް އަރައިފަ އެވެ.

Leave a Reply