ގައުމީ އެއާލައިން މޯލްޑިވިއަންއިން ފުވައްމަލަކާ ގަމާ ދޭތެރޭ ދަތުރުތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ދަތުރުތައް ފަށާނީ މި މަހުގެ 30އިން ފެށިގެން ކަމަށެވެ.

އެގޮތުން މި މަހުގެ 30 ވަނަ ދުވަހު ފުވައްމުލަކުން ގަމަށް ދަތުރުތައް ފަށާއިރު ގަމުން ފުވައްމުލަކަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނެވެ.

ފުވައްމުލަކުން ގަމަށް ދަތުރުތައް ކުރަނީ ކޮންމެ ބުރާސްފައްޗެއްގަ އެވެ.، އަދި ގަމުން ފުވައްމުލަކަށް ދަތުރުތައް ކުރަނީ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ.

އެ ދަތުރުތަކުގެ އަގު ކޮޅަކަށް އުޅެނީ 676 ރުފިޔާގަ އެވެ.

އައްޑޫއާއި ފުވައްމުލަކާ ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ވެސް އޮވެއެވެ. އެ ފެރީގެ އަގު ކޮޅަކަށް އުޅެނީ 200 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

Leave a Reply