ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައްޔިތުންނަށް ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނާ ހިލާފަށް އިބާރާތް ކޮށްފައިވާ ސުވާލެއް ކަމަށެވެ.

އެ މައްސަލަ ބެއްލެވި 5ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނީ ފެންނަ ނުފެންނަ ވޯޓު ނަގަން ކުރާ ސުވާލު ވަކި އިބާރާތަކުން އޮންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި ރައީސްގެ ގަރާރުގައި އޮތް ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ބެލެވެން ނެތް ކަމަށާއި، އެހެންކަމުން އެ ވޯޓު ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމްކޮށްފައިވެއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުالله ހަމީދެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓު ނަގާނީ ކައުންސިލް އިންތިހާބާއެކު އަންނަ ހޮނިހިރު ދުވަހުއެވެ.

Leave a Reply