ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ 18 އެންބިއުލަންސްގެ އިންސްޕެކްޝަން ނިމިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.

ރާއްޖެ ގެނައުމަށް އެމްޕީއެލްއާ ހަވާލުކެރެވިފައި ވަނީ ޖުމްލަ 56 އެމްބިއުލަންސްކަމަށާއި އޭގެތެރެއިން 18 އެންބިއުލަންސްގެ އިންސްޕެކްޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ. މި އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައި ވަނީ ދުބާއީގައި އެމްޕީއެލް އާއި ޞިއްޙީ ވުޒާރާގެ ޓީމަކުންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ބެނެފައިވެއެވެ.

އެންބިއުލަންސްތައް ފޮނުއްވުމުގައި އެންމެ އިސްކަމެއް ދެއްވާނީ  އެންބިއުލަސްތައް ހަލާކުވެފައި ނުވަތަ މައްސަލަތައް ދިމާވެފައިވާ ރަށްރަށައް އެންބިއުލަންސްތައް ފޮނުއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Leave a Reply