އިކޮނޮމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު ސައީދު އަބްދުﷲ، އަވަހާރަވެއްޖެ އެވެ.

ހއ. ތުރާކުނު، ވިނަރެސް ސައީދު އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ވަނީ ދައުލަތަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފަ އެވެ.

ސައީދުގެ ބައްޕާފުޅު އަވަހަރާވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައީދު އަބްދުﷲ އަކީ ގަދަރުވެރި، ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްސިއްޔަތެއް ކަމަށެވެ.

Leave a Reply