ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނޫރާގެ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފައިވާ ކަމަށެވެ.

އަނޫރާގެ މި ދަތުރުފުޅާ އެކު ރާއްޖެއާއި ލަންކާގެ ގުޅުން މުޅިން އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ދަތުރުގެ ތެރެއިން އެއްބަސްވެފައިވާ ކަންކަން ތަންފީޒުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަތީ ފަންތީގެ މަޝްވަރާތައް ގެންދިއުމުގައި ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

Leave a Reply