އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އިއްޔެ އެއްޗެއް ގޮވި ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް އައިސީޔުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެއެޗުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ 8:45 ހާއިރު ކަމަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް “ދެން” އަށް މިއަދު ވިދާޅުވީ އެ ބިދޭސީންނަށްވެސް ފަރުވާދެނީ  އައިސީޔޫގައި ކަމަށެވެ.

ދޯނީގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މިފަދަ ހާދިސާއެއް މާޅޮހުގައި ހިނގިއިރު، މި މަހުގެ 13 ވަނަ ދުވަހު އެ ރަށުގައި މީހަކު މަރާލާފައި އޮއްވާ ފެނިފައިވެ އެވެ. އެ ރަށު އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

Leave a Reply