ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް އިއްޔެ އިއްވީ ށ. މާއުނގޫދޫ، މުހައްމަދު ފާރިގުު (28އ)ގެ މައްޗަށެވެ.

އެގޮތުން މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 105ވަނަ މާއްދާގެ ދަށުން ފާރިގު 25އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ކޯޓުން ވަނީ އޭނާ 100،000ރުފިޔާއިން ވަނީ ޖޫރިމަނާވެސްކޮށްފައެވެ.

އިއްޔެ އެ ހުކުމް އިއްވި ނަމަވެސް މިއީ ވަރަށް ގިނަ ދުވަސްވީ މައްސަލައެކެވެ.

އެގޮތުން އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހެޅީ 2020ވަނަ އަހަރުގެ ނޮވެމްބަރު 24ވަނަ ދުވަހުއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2021ޖަނަވަރީ 6ވަނަ ދުވަހުއެވެ.

އެ މައްސަލަ އެހާ ދިގުލައިގެން ދިޔަ ސަބަބެއް ސާފެއް ނުވެއެވެ.

Leave a Reply