ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގައި ފަތާ ޓްރެކްގެ ޕްލެޓްފޯމްތަކެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި، ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސްއާ އެ މަޝްރޫޢުތައް ހަވާލުކޮށްފިއެވެ.

މާލޭގައި ހުންނަ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ވަޒީރު މުޙައްމަދު ފަޔާޒެވެ. އަދި މަސައްކަތާ ހަވާލުވި ކުންފުނި ކަމަށްވާ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ތަމްސީލުކުރެއްވީ، އެ ތަނުގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރު އަމާނީ އާދަމެވެ.

މި ދެ ރަށުގެ މޫދުގައި ހަދާ ސްވިމިންގ ޓްރެކްތަކުގެ ޕްލެޓްފޯމް އެޅުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ. އެގޮތުން، ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އަމަލީ މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި މި ދެ މަޝްރޫޢު ފުރިހަމަކޮށް ސަރުކާރާ ހަވާލުކުރަން ޖެހޭނެއެވެ.

Leave a Reply