އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކުރުމަށް ބާއްވާ “ޓާޓާބައި ރޯޑްޝޯ”ވިޒިޓް މޯލްޑިވްސް އިން އެންޑޯޒްކޮށްފިއެވެ.

މި ހަރަކާތަކީ ރާއްޖެއަށް އެންމެ ގިނައިން އިންޑިއާ ފަތުރުވެރިން ފޮނުވުމުގައި އެހީތެރިވެދޭ އެއް ކުންފުނި ކަމަށްވާ “ޓާޓާބައި ޓުއާސް”އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުންފުންޏަކީ ވޭތުވެދިޔަ 10އަހަރު ތެރޭގައި އިންޑިއާ މާކެޓުގައި ރާއްޖޭގެ ރިސޯޓުތަކަށް ޚިދުމަތްދޭ، އިތުބާރުހުރި އެއް ކުންފުންޏެވެ.

މި ރޯޑްޝޯގައި ރާއްޖޭގެ 25ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެއެވެ. މި ފެއާގެ މަގުސަދަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމަށާއި، ރާއްޖޭގެ މަންޒިލްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

Leave a Reply