ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިރޭ ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.

އަދި އެ ތަކެތި ބަލައިފާސްކުރި އިރު 3.2ކިލޯގެ ކެނެބިސް ހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

އަދި އެއީ ކޮން ގައުމަކުން އެތެރެކުރި ޕެކޭޖެއް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ.