ކާރަކާއި ބަހެއް ޖެހި ބުރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

“ދެން”އަށް އެނގިފައިވާ ގޮތުން އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ބުރިޖު ސަރަހައްދުގައި ޓްރެފިކް ބޮޑުވެ އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ވަރަށް ބޮޑަށް ލަސްވިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.