
ނިމުނު ޖުލައި މަހު ސީ- ޓު – އެއާ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖުލައި މަހު 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. މިއީ އޭގެ ކުރީ މަހު ރާއްޖެއިން ބޭރުކުރެވުނު 335 ޓަނުގެ މުދަލާއި އަޅާ ބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ. ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ މިއީ 131 ޓީއީޔޫސްއެވެ.
ހަމަ އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު ހަ އެއާލައިނެއް މެދުވެރިކޮށް 10 ގައުމަކަށް މުދާ ފޮނުވާފައިވެއެވެ. އެގޮތުން ރާއްޖެއިން މުދާ ފޮނުވާފައިވާ އެއާލައިންތަކަކީ އެމިރޭޓްސް، އިއްތިހާދު އެއާވޭސް،
ގަތަރު އެއާވޭސް، ސައުދިއާ އެއާލައިން، ސްވިސް އެއާވޭސް އަދި ޓާކިޝް އެއާލައިނެވެ.
މިދިޔަ މަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން އެންމެ ގިނަ މުދާ ރާއްޖެިން ބޭރަށް ފޮނުވި މަހެވެ. ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު ވަނީ 2,000 ޓަނަށްވުރެ މައްޗަށް އަރާފައިވާއިރު މިއީ އެއަރޕޯޓުގެ ތާރީޚުގައި މަހެއްގެ މައްޗަށް މިފަދަ މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































