އއ. އުކުޅަހުގައި ފަސް ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރަން ނިންމައި އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުކުޅަހަށް ވަޑައިގަތުމުން އިފްތިތާހު ކުރި މަޝްރޫއުތަކުގެ ތެރެއިންއެވެ. އެގޮތުން އެ އައިސް ޕްލާންޓް ގާއިމުކުރަން ވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި އަގެއް ސާފެއް ނުވެއެވެ.

އުކުޅަހުގައި އަޅަނީ ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ތަރައްގީކުރާ ފުރަތަމަ އައިސް ޕްލާންޓެވެ. އަދި އެއާ އެކު އުކުޅަހުގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

Leave a Reply