ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު 54އަހަރުގެ ދިިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ. ސިލްވަޝާކު/މާލެ، ގުރައިޝާ މުސްތަފާއެވެ.

އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ދިރިއުޅުނު އެޕާޓްމަންޓްއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

ހައްޔަރުގެ ރެކޯޑް އޮންނަ ގުރައިޝާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ހައްޔަރުކުރާ ދިވެހި އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.