ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފެނަކައިން އާ ޖަނަރޭޓަރު ފޮނުވައިފިއެވެ.

ފެނަކައިން މައުލޫމާތު ދިން ގޮތުގައި އެ ދެ ރަށަށް އައު ޖަނަރޭޓަރު ފޮނުވާފައި ވަނީ އެ ދެ ރަށުގެ ހިދުމަތް ހަރުދަނާކޮށް ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ކަމަށާއި އަދި އެ ދެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ގާބިލުކަން އިތުރުުވާނެއެވެ.

ހޯރަފުއްޓަށް ގެންގޮސްފައި ވަނީ 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ. މިހާރު އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަކީ 2720 ކަމަށާއި މި އާ ޖަނަރޭޓަރާ އެކު 3350 ކިލޯވޮޓަށް އިތުރު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހދ. ހަނިމާދޫއަށް ގެންގޮސްފައި ވަނީ 1200 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ކަމަށާއި އަލަށް ގެންދިޔަ ޖަނަރޭޓަރު ބޭނުން ކުރަން ފެށުމުން ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 4400 ކިލޯވޮޓަށް މަތިވެގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

މި ބަދަލާ އެކު އެ ދެ ރަށުގެ އިންޖީނުގެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕީކް ގަޑިތަކުގައި ކަރަންޓަށް އޮންނަ ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބި، ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

Leave a Reply