ފާއިތުވި ހަފްތާ އަވަސް ފަރުވާގެ 65ދަތުރު ދިފާއީ ބާރުން ކޮށްފިއެވެ.

ދިފާއީ ބާރުގެ ކޯސްޓްގާޑު ޔުނިޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ 31ވަނަ ދުވަހުން ފެށިގެން މި މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ބަލިމީހުން އުފުލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެ ދީފައިވެއެވެ. އޭގެތެރޭގައި:

  • ސީޖީ ފަސްޓް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައިވަނީ 42ފަހަރު
  • ސީޖީ ސެކަންޑް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 04ފަހަރު
  • ސީޖީ ތާޑް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 11ފަހަރު
  • ސީޖީ ފޯތް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 06ފަހަރު

މީގެ އިތުރުން މި މުއްދަތުގައި ސީ އެމްބިއުލޭންސް އިން ދެ ފަހަރު ބަލި މީހުން އުފުލާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބަލި މީހުން އުފުލުމަށް ޓަކައި އެމްއެންޑީއެފުން ބޭނުންކުރާ އުޅަނދުތަކުގެ ތެރޭގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ބޭނުންކުރެއެވެ. މީހުން ގެއްލުމުން ސާޗު އޮޕަރޭޝަންތައް ހިންގުމަށް ވެސް އެ އުޅަނދުތައް ބޭނުންކުރެއެވެ.