ނިއުދިއްލީ — ބޭރުގެ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަޤްޞަދުގައި، ކަނޑުގެ ފުނުން ތެލާއި ޤުދުރަތީ ގޭސް ހޯދުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން 840 ބިލިއަން ރުޕީސް (8.8 ބިލިއަން އެމެރިކާ ޑޮލަރު) އިންވެސްޓްކުރަން ނިންމައިފިއެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން މިފަދަ މަސައްކަތްތައް ކުރުން މަނާކޮށްފައި އޮތް ކަނޑުގެ ތިން ސަރަޙައްދެއްގައި ތޮރުފައިގެން ތެލާއި ގޭސް ހޯދުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މިއީ އެ ޤައުމުގެ ހައިޑްރޯކާބަން ވަސީލަތްތައް އިތުރުކޮށް، މެދުއިރުމަތިން އެތެރެކުރާ ތެލަށް […]