ނިއުދިއްލީ – އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބުރާސްފަތި ދުވަހު ދެ ގައުމުގެ ދިފާއީ ވަޒީރުން ބޭއްވެވި ބައްދަލުވުމަކަށްފަހު، ކަނޑުގެ ސަލާމަތީ ކަންކަން ހިމެނޭހެން، އިންޑިއާއާއި ޖަޕާނުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖީރޯ ކޮއިޒުމީއާއި އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދަވައި، ކަނޑުމަތީގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. އިންޑިއާއާއި ޖަޕާނަކީ އެމެރިކާއާއި އޮސްޓްރޭލިއާއާއެކު އުފައްދާފައިވާ […]