ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ 3 ބިދޭސީއަކު ރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫޫމާތުދިންގޮތުގައި ރޭގައި ޓާސްކުފޯސްއިން ވަނީ ޓޭކްއަވޭ ތަންތަނާއި ކެފޭ ފަދަ ތަންތަނަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 8 ބިދޭސީއަކު ބަލައިފާސްކޮށްފައިވާ ކަމަށާއި އޭގެެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ބިދޭސީންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ފޭރާމަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެހެންކަމުން، ދިވެހިންގެ ނަންމަތީގައި ފިލާތިބެގެން ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހޯދައި، އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.

މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރުން ފެށިގެން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ އެއްވެސް ބިދޭސީއަކަށް އިތުރު މުހުލަތެއް ދިނުމަކާ ނުލައި ފޮނުވާލުމަށް ނިންމާފައިވާކަން ވެސް ސަރުކާރުން ވަނީ އިޢުލާންކުރައްވާފައެވެ.

Leave a Reply